ފިރިހެނުންގެ ތެރެއިން ދުނިޔޭގައި އެންމެ ފަލަ ދުލެއް ލިބިފައިވާ މީހާގެ ގޮތުގައި އެމެރިކާގެ ޑަންޓޭ ބާރންސް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ. އޭނާގެ ފަލަ ދުލުގެ ވަށަމިނުގައި 12.19 ސެންޓިމީޓަރު ހުރެއެވެ.
ދުނިޔޭގެ އެންމެ ފަލަ ދުލުގެ ވެރިޔާގެ ގޮތުގައި ދުނިޔޭގެ ރިކޯޑުފޮތުން ޖާގަ ލިބުނު ކަމަށްވިޔަސް ޑާންޓޭގެ ލޯބިވެރިޔާ އެކަމާ ވަރަށް ނުރުހެއެވެ. އިރުއިރުކޮޅާ ދޫނެރެގެން ޒާތްޒާތުގެ ވީޑިއޯ އުފައްދައި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އަޕްލޯޑްކުރުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި ވަރަށް ލަދުހުތުރު ކަމެކެވެ.
ޑާންޓޭ ބާރންސްއަށް އެންމެ ފަލަ ދުލެއް ލިބިފައިވުމުގެ ރިކޯޑު އޮތަސް އެންމެ ދިގު ދުލުގެ ރިކޯޑު އޮންނަނީ އަދި އެހެން މީހަކަށެވެ. ފިރިހެނުންގެ ތެރެއިން އެންމެ ދިގު ދުލެއް ލިބިފައިވަނީ އެމެރިކާގެ ނިކް ސްޓޯބާލްއަށެވެ. އޭނާގެ ދުލުގެ ދިގުމިނަކީ 10.1 ސެންޓިމީޓަރެވެ.
ދުލާއި ގުޅުންހުރި ދުނިޔޭގެ ގިނަ ރިކޯޑުތަކުގެ ވެރިންނަކީ އެމެރިކާ މީހުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ދިގު ދުލެއް ލިބިފައިވާ އަންހެނަކީ އެމެރިކާގެ ޗެނަލް ޓެޕަރއެވެ. އޭނާގެ ދުލުގެ ދިގުމިނަކީ 9.75 ސެންޓިމީޓަރެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު