މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން ބޭންކިން ހިދުމަތް މި މަހުގެ 30 ވަނަ ދުވަހު ހިދުމަތް ލިބޭނެ ކަމަށް އެ އޮތޯރިޓިން ބުނެފި އެވެ.
އެމްއެމްއޭ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދާ ގުޅިގެން ބަންދުވާ ހަފުތާގައި އެ އޮތޯރިޓީއާއި ބޭންކުތަކުން ހިދުމަތް ދިނުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ މެއި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިހާރު އެ ތާރީހު ބަދަލުކޮށް އެ އޮތޯރިޓީ އާއި ބޭންކުތަކުން މި މަހުގެ 30 ވަނަ ދުވަހު ހިދުމަތް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މެއި މަހުގެ ދެވަނަ ދުވަހެވެ. އީދާއި ގުޅުވައިގެން ސަރުކާރުން ވަނީ މެއި މަހުގެ ފަސް ވަނަ ދުވަސްވެސް ބަންދު ކުރަން ނިންމާފަ އެވެ.
މިމަހުގެ 30 ވަނަ ދުވަހު އާންމުންނަށް ހިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތްތައްވެސް އެމްއެމްއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ބޭންކުންތަކުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ހެނދުނު 09:30 އިން މެންދުރު 12:00 އަށް ދޭނެ ކަމަށާއި އަދި ބޭންކިން ހިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
އޭގެ އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީވެސް މިގަޑިތަކުގައި ކަމަށްވެސް އެ އޮތޯރޮިޓީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު