ކަނޑުއަޑީގައި ނޭވާ ހިފެހެއްޓުމުގެ ރިކޯޑު ގާއިމު ކުރުމަށް ބާއްވާ "ނޭވާ-2" ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
އަންނަ އޮކްޓޯބަރު އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ "ނޭވާ-2" ހަރަކާތަކީ، އެންމެ ގިނަ އަދަދެއްގެ މީހުން، އެއްފަހަރާ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ.
އެ ހަރަކާތް އިންތިޒާމުކުރަނީ، މޯލްޑިވްސް ފްރީޑައިވިން އެސޯސިއޭޝަނުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މިހާރުވެސް އެންމެ ގިނަ މީހުން އެއް ފަހަރާ ފްރީޑައިވްކުރުމުގެ ރެކޯޑް އޮތީ ރާއްޖޭގައެވެ. "ނޭވާ"ގެ ނަމުގައި 2019 ވަނަ އަހަރު ބޭއްވި އެ ހަރަކާތުގައި ޖުމްލަ 521 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަދި ކެބިނެޓުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
"ނޭވާ 2" ހަރަކާތުގައި ރިސޯޓުތަކުގެ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިހަރަކާތުގައި ބައިވެރިވާ މީހުންނަށް ހަތަރު ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު