ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަން ކުރެއްވި މުހައްމަދު ޖަލީލު (ކުޑަރިކިލު ޖަލީލު) އަވަހާރަވެއްޖެ އެވެ.
ޖަލީލަކީ ބ. ކުޑަރިކިލަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޖަލީލު ކުރައްވާފައިވާ ހިދުމަތްތަކަށް ބަލާއިރު، ކުޑަރިކިލު ކަތީބު ކަމާއި ބ. އަތޮޅު އެޓާނީ ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަން ހިމެނެއެވެ.
މީގެ އިތުރުން 13 އަތޮޅެއްގެ އަތޮޅު އޮފީސް 26 ފަހަރަކު އޭނާ ވަނީ ހިންގަވައިފަ އެވެ. އަދި ކުޑަރިކިލު ގާޒީ ކަމާއި ބ. އަތޮޅު އެޓާނީ ޖެނެރަލްގެ އެހީތެރިކަމާއި ވަކީލު ކަމާއި އެޓޮލްސް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ ކަމާއި އަތޮޅު ކުރިއަރުވާ ކޮމިޓީ މެންބަރުކަންވެސް ވަނީ ކުރައްވާފަ އެވެ.
ޖަލީލު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ފަހުން އުމުރުން 75 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ގޭގައި އޮންނަވަނިކޮށެވެ.
ޖަލީލަކީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ޑިރެކްޓަރުކަން ވެސް ކުރައްވާ ޝަމްއޫން ޖަލީލް (ލޫކަސް) ޖަލީލުގެ ބައްޕަ އެވެ.