ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ގުނަމުން އަންނައިރު، ގިނަބަޔަކަށް ފަނިގިރަން އެންމެ ކަމުދާ ކަރާގެ އަގު މިވަނީ ބޮޑުވެފައެވެ. އެކި ރަށްރަށުގައި ހައްދާފައި ހުރި ކަރާ މާރުކޭޓުގައި ލިބެން ހުރި ނަމަވެސް ރޯދަމަސް ފެށުނުއިރާ ބަލާއިރު ކަރާ ފެންނަނީ މަދުންނެވެ. ތޮއްޑޫ ކަރާ ކިލޯއެއް މިއަދު 30ރ އަށް ލިބެން ހުރި އިރު ކަނޑޫދޫ ކަރާ ކިލޯއެއް އުޅެނީ 32ރ އަށެވެ. އަދި ލ. ކަރާ ހުރީ ކިލޯއެއް 28ރ ގެ ރޭޓުންނެވެ.

މަސްމާރުކޭޓަށް ބަލާއިރު ކަނޑުމަހުގެ އަގުވެސް މިއަދު ވަނީ ބޮޑުވެފައެވެ. މާރުކޭޓުގައި މިއަދު ގޮދާ ކިލޯއެއް ލިބެންހުރީ 65-70ރ އަށެވެ. ކަންނެލީގެ އަގުވެސް ހުރީ އެވަރުގައެވެ. އަދި ތިން ސައިޒެއްގެ ކަޅުބިލަ މަސް ލިބެން ހުރި އިރު މާރުކޭޓުގައި ހުރި އެންމެ ބޮޑު ސައިޒުގެ ކަޅުބިލަމަހުން މަސް ކިލޯއެއްވެސް ލިބެނީ 50ރ އަށެވެ. އެއަށްވުރެ ކުޑަ ސައިޒުގެ ކަޅުބިލަ މަސް ކިލޯއެއް 35ރ އަށް ލިބެން ހުރި އިރު ވަރަށް ކުދިކުދި ސައިޒުގެ މަސް 10ރ އަށް މަހެއްގެ ރޭޓުން ވިއްކަން އެބަހުއްޓެވެ.

މަސްވެރީން ބުނާ ގޮތުން ކަނޑުމަހުގެ އަގު ކުއްލިއަކަށް ބޮޑުވީ ރޯދަމަހުގެ ފަހު ދިހައެއްގައި ގިނަ މަސްވެރިން މަހަށް ނުދާތީ، ބާނާއިގެން މާރުކޭޓަށް ގެންނަ މަސް މަދުވުމުންނެވެ. އަދި އީދު ނިމެންދެން ވެސް ގިނަ މަސްވެރިން މަހަށް ނުފުރާނެތީ މަހުގެ އަގު ދަށްނުވާނެ ކަމަށް އެމީހުން ބުނެއެވެ.

އެހެނިހެން ތަކެތީގެ އަގަށް ބަލާއިރު އެވްރެޖްކޮށް މާބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ގިތެޔޮ މިރުހާއި ކުރުނބާ، ފެޝަންފުރުޓް އަދި ދޮންއަނބުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ.

އަލަނާސި ކަރާ: 35 ރުފިޔާއަށް ކިލޯއެއް

ކަރާ: 28-30-32 ރުފިޔާއަށް ކިލޯއެއް

އިޖިޕްޓް ފޭރު: 75-80 ރުފިޔާއަށް ކިލޯއެއް

ކުރުނބައެއް: 30-35 ރުފިޔާއަށް

ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް

ދޮން އަނބު: 70-80 ރުފިޔާއަށް ކިލޯއެއް

ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް

ފުސްކެޔޮ: -60-65 ރުފިޔާއަށް ކިލޯއެއް

މާޅެސްކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް

ފަޅޯ: 40-50 ރުފިޔާއަށް ކިލޯއެއް

ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް

ރޯ ކަދުރު: 280 ރުފިޔާއަށް ކިލޯއެއް

ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް

ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ރާނބާފަތެއް: 5 ރުފިޔާއަށް

ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް

މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް

ފިޔާ: 10-15 ރުފިޔާއަށް ކިލޯއެއް

އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް

ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް

ކިއުކަމްބާ: 30 ރުފިޔާއަށް ކިލޯއެއް

ބަށި: 45-65 ރުފިޔާއަށް ކިލޯއެއް

ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް

ބީންސް: 65 ރުފިޔާއަށް ކިލޯއެއް

ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް

ލެޓިއުސް: 40-60 ރުފިޔާއަށް ކިލޯއެއް

ބޭރު ތޮޅިމިރުސް: 80 ރުފިޔާއަށް ކިލޯއެއް

ގިތެޔޮމިރުސް(ކަނޑޫދޫ އަދި ލ. މިރުސް): 200-350 ރުފިޔާއަށް ކިލޯއެއް

ލުނބޯ: 50-55 ރުފިޔާއަށް ކިލޯއެއް

ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް

ކަނޑުމަސް: 35-50 ރުފިޔާއަށް ކިލޯއެއް

ކަންނެލި: 65-70 ރުފިޔާއަށް ކިލޯއެއް

ގޮނދާ: 65-70 ރުފިޔާއަށް ކިލޯއެއް

މުށިމަސް: ނެތް

ދޮންމަސް: 20 ރުފިޔާއަށް ތިން މަސް ހަތަރު މަސް

ރިއް މަސް: 20 ރުފިޔާއަށް ތިން މަސް ހަތަރު މަސް

ކުދި ފިލޮޅު، ގިނި މަސް: 40-50-80 ރުފިޔާއަށް

ބޮޑު ރަތްމަސް: ނެތް