މަދީނާގައި އުމްރާވެރިންނާއެކު ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެއެވެ.
ސައުދީގެ އަލް ރިޔާދު ނޫހުގައިވާ ގޮތުން އެ ބަސް ފުރޮޅާލީ ކޮންޓްރޯލް ނުވެގެންނެވެ. ފަންސާސް އެއް އުމްރާވެރިން އެބަހުގައި ތިބިއިރު، އެ ބަސް ފުރޮޅާލީ މަދީނާގެ ހިޖްރާ ހައިވޭގައެވެ.
ރިޔާދުގައިވާ ގޮތުން، އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާއިރު 43 މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އަދި އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސައުދީގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާއާ ގުޅިގެން އަނިޔާވި މީހުންނަށް ފަރުވާދިނުމަށް 20 އަށް ވުރެ ގިނަ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ފޮނުވައިފައެވެ.
މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި މައްކާއާ މަދީނާއަށް 8.3 މިލިއަން މީހުން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އުމްރާވެރިން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު