ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ކޮޅާއި ޕީޕީއެމް އޮފީހުގެ ބޭރުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނޭތައް ނެގުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުއްވި ކުރިމިނަލް ކޯޓުގެ ގާޒީ، މުހައްމަދު މިސްބާހަށް އައްބާސް އާދިލް ރިޒާ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ސަރުކާރުގެ ތަރުޖަމާނަކަށް ހުންނެވި އައްބާސް އާދިލް ރިޒާ މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓުވީޓަކާ ގުޅިގެން މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފުލުހުންނަށް ހުށަހެޅި ކަމެއް އަދި ޔަގީނެއް ނޫނެވެ.
ކޯޓު އަމުރުގައި ގާޒީގެ ނަން އޮތް ހިސާބުގެ ފޮޓޯއަކާއެކު އައްބާސް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ ގާޒީ މިސްބާހް މަތިން ހަނދާންނެތި ދާނެތީ ހަނދާނުގައި ބެހެއްޓުމަށްޓަކައި ޓްވީޓެއް ކުރާ ކަމަށެވެ. އަދި "މަޖީދީމަގުގައި ހުރިހާ ގައްދާރުން ވާޖަހާ ދަމަންވާނެ" ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އެ ޓުވީޓަކީ ގާޒީއެއްގެ މަސްއޫލިއްޔަތު އަދާކުރުމުން އެކަމާ ގުޅުވައި އެ ގާޒީއަށް ބިރުދައްކައި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ކޮށްފައިވާ ޓުވީޓެއް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ގާނޫނީ ހަމަތަކުގެ މަތިން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމާ ގުޅުވައިގެން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނަށް ދޭ މިފަދަ އިންޒާރުތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ސާވިސްއިން ތަހުގީގު ކުރަމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު