ހުޅުމާލޭ ރެސްޓޯރެންޓެއް ތެރޭ މިިދިޔަ ހޮނިހިރު ދުވަހު ވަޅިން ހަމަލާދީ މަރާލި ބަންގުލަދޭޝްގެ ވެއިޓަރުގެ ހަށިގަނޑު، އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ.
ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގައި މިދިޔަ ހޮނިހިރު ދުވަހު މަރާލާފައިވަނީ އެ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެމްޑީ ޝާހިން، 29އ އެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުވަނީ އެ ރެސްޓޯރެންޓުގައި ކައްކާއަކަށް އުޅުނު ޕާކިސްތާނުގެ މުހައްމަދު އާބިދު، 26އ އެވެ.
ޝަމީމްގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނޮވާލާފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ 'ވަން' އަށް މިއަދު ކަށަވަރުކޮށްދެއްވައިފައެވެ. އޮފިޝަލް ވިދާޅުވީ ޝަމީމްގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
އެމްޑީ ޝާހިންގެ ހަށިގަނޑު ގައުމަށް ފޮނުވާލާފައި މިވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތިންނެވެ.
ޝާހިން މަރާލި މައްސަލައާ ގުޅޭގޮތުން ބަންގުލަދޭޝްގެ ޑެއިލީ ސްޓާއަށް ވާހަކަދެއްކި މީހަކު މީގެ ކުރިން ބުނެފައިވަނީ ޝާހިންގެ ގަޔަށް ވަޅި ހެރީ ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ.
ޝާހިންއަށް ހަމަލާދިނުމަށްފަހު އާބިދު ވަނީ ފިލި ނަމަވެސް، ފުލުހުން ވަނީ އޭނާ ހޯދައިފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސަރަހައްދުން އެރޭ މެންދަމުން އަލިވި ފަހުންނެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު