ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ޅ. ހިންނަވަރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހުގެ އުފަން ރަށް، ހިންނަވަރަށް އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިނުގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ހަފުތާ ބަންދަށް، ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވައިލައްވައި އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
ރައީސް ސޯލިހު އެންމެ ފަހުން ހިންނަވަރަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ދަތުރުފުޅަކީ ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް ވަނީ ހިންނަވަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގެ ވެރިން އަދި އެރަށުގައި ހިންގާ ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު