މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާން ރޯވެ އަދަމުންދަނީ ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި މިހާރު ފަޔާ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، އަލިފާނުގެ ރިޕޯޓް ލިބުނީ ހަވީރު 4:26 ގައެވެ.

އެ ގަރާޖުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގަރާޖުގެ ކައިރީގައި ހުރި ސައިކަލްތަކުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.