ކޮވިޑާ ގުޅިގެން އާސަންދައިން ދޭން ފެށި ލުއިތައް އުވާލައިފިއެވެ.
އާސަންދައިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން ދިން ލުއިތައް އުވާލައި ކުރިން އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ފޯރުކޮށްދެމުން އައި ގޮތަށް ހިދުމަތްތައް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އޮންލައިންކޮށް ކޮންސަލްޓޭޝަން ހިދުމަތް ފޯރުކޮށްދެވޭނީ، ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެކަނި ކަމަށާއި އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުރު އެއްވެސް ހިދުމަތެއް ނަގަން ރިކުއެސްޓް ކުރާނަމަ، އެ ރިކުއެސްޓް ކުރެވިފައި ނުވާ ސާވިސްއަކަށް ހިދުމަތް ނުދެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިން ބުނީ، ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތަކަށް ބޭސްފަރުވާކުރާ ފަރާތްތަކަށްވެސް ކުރިން ހިދުމަތް ފޯރުކޮށްދެމުން ދިޔަ ގޮތަށް ކޮންމެ ބޭސް ސިޓީއަކަށްވެސް ބޭސްދޫކުރާނީ އެއް ފަހަރު ކަމަށެވެ. އަދި އަލުުން ބޭސް ނަގަން ޖެހޭނަމަ އާ ބޭސްސިޓީއެއް ހޯދަން ޖެހޭނެ ކަމަށްވެސް އާސަންދައިން ބުންޏެވެ.
އާސަންދައިން އިތުރަށް ބުނީ، އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ދެވޭނީ އައިޑީކާޑު/ ޕާސްޕޯޓް ކާޑުގެ އަސްލު ނުވަތަ ސޮފްޓް ކޮޕީ ހުށަހެޅުމުން ކަމަށެވެ. އަދި އަތުން ލިޔެފައިވާ ބޭސް ސިޓީތަކަށް އާސަންދައިން ބޭސް ދޫނުކުރާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު