ޚަބަރު

ރިސޯޓު ހަދަން ދޫކުރި ހަތް ރަށުން އާމްދަނީގެ ގޮތުގައި 11.8 މިލިއަން ޑޮލަރު ލިބިއްޖެ

މުހައްމަދު އިޝާން

ރިސޯޓު ހަދަން ދޫކުރި ހަތް ރަށުން އާމްދަނީގެ ގޮތުގައި 11.8 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނެފިއެވެ.

އެ ހަތް ރަށަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ބީލަމަށް ހުޅުވާލި 21 ރަށުގެ ތެރެއިން އެވޯޑުކުރި ހަތް ރަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ އެ ރަށްތަކާއި އެރަށްތަކަށް ހުށަހަޅާފައިވާ ލީސް އެކުއިޒިޝަން ކޯސްޓު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަގުތައް އިއުލާނުކޮށްފައެވެ.

  • - ގއ ފެރޭތަވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު
  • - ގއ ފުނަދޫވިލިގިއްލާ، އެކުއިޒިޝަން ކޯސްޓު:702،000 ޑޮލަރު، ޓްރެއިނިން ފަންޑު:5،000 ޑޮލަރު
  • - ގދ ކަނޑަހަލަކަލަ، އެކުއިޒިޝަން ކޯސްޓު:2،800،000 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު
  • - ފ ޖިންނަތުގައު، އެކުއިޒިޝަން ކޯސްޓު:2,021,121 ޑޮލަރު، ޓްރެއިނިން ފަންޑު:200،121 ޑޮލަރު
  • - ފ އެނބުލުފުށި، އެކުއިޒިޝަން ކޯސްޓު:3،601،155 ޑޮލަރު، ޓްރެއިނިން ފަންޑު:150،000 ޑޮލަރު
  • - މ ސީދިހުރާ، އެކުއިޒިޝަން ކޯސްޓު:1,599,999 ޑޮލަރު، ޓްރެއިނިން ފަންޑު:120،000 ޑޮލަރު
  • - ހއ އަލިދުއްފަރުފިނޮޅު، އެކުއިޒިޝަން ކޯސްޓު:390،000 ޑޮލަރު، ޓްރެއިނިން ފަންޑު:7،000 ޑޮލަރު

އެ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓާއި، ޓްރެއިނިން ފަންޑުގެ 50 އިންސައްތަ ދެއްކުމަަށާއި، އަދި އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ވާނީ 60 ދުވަހުގެ މުއްދަތެއް ދީފައެވެ.