ސިނާއީ މަސައްކަތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ތިލަފުށިން ބިމެއް ދީފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީޕް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

އެމްޓީސީސީން މިހާރު ވެސް ގެންދަނީ ތިލަފުށީގައި ބޯޓުޔާޑެއް ހިންގަމުންނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޔާޑުއެވެ.

މީގެ އިތުރުންވެސް އެމްޓީސީސީން ދަނީ ތިލަފުށީގައި ބައެއް ސިނާއީ މަސައްކަތްތައް ކުރަމުންނެވެ.