ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަަށް ގެންގޮސްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ، ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ރަށަށް ގެންދިޔައީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ޖުމުލަ 18.25 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.