މިއަހަރުގެ އެންމެ ހޫނު ގަދަ އެއް ދުވަހަކީ މިއަދު ކަމަށް މޯލްޑިވަސް މީޓިއޮލޮޖީ ސާވިސް، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ވަނީ "ފީލްސް ލައިކް ޓެމްޕަރޭޗާ"ގެ އާންމު ކޮށްފައެވެ. އެއީ ރާއްޖޭގެ ފިނިހޫނުމިން ރެކޯޑުކުރުމަށް ފަސް ސަރަހެއްދެގައި ގާއިމުކޮށްފައިވާ ރާޑަރު ސްޓޭޝަންތަކުން ފޮނުވާ މައުލޫމާތު އާންމުކުރާ ކުޑަ ރިޕޯޓެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިއަދު މެންދުރު 2:00 ގައި ހުޅުމާލޭގައި ހުންނަ ސްޓޭޝަނުން މާލެ ސަރަހައްދުގައި ފިނިހޫނުމިން އިހުސާސްކުރެވޭ ވަރު ނުވަތަ "ފީލްސް ލައިކް ޓެމްޕަރޭޗާ" ހުރި ކަމަށް ދެއްކީ 43.3 ޑިގްރީ ސެލްސިއަސްގައެވެ. ހދ. ހަނިމާދޫގެ ފިނިހޫނުމިން ހުރީ 40.9 ޑިގްރީ ސެލްސިއަސްގައެވެ. މެދުރާއްޖެތެރެ އާއި ދެކުނުގެ ހޫނުމިން ހުރީ 39.2 ޑިގްރީ ސެލްސިއަސް އާއި 39.3 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މީގެކުރިން "ވަން" ވިދާޅުވެފައިވަނީ، މި މަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ މަސް ކަމަށާއި އެހެން މަސްތަކަށްވުރެ މިމަހުގެ ހޫނުމިން މަތިވާނެ ކަމަށެވެ.
މިދުވަސްވަރު ހޫނުމިން ގަދަވަނީ ވައި މަޑުވެފައި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު