ހުޅުމާލެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ، ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.
ފުލުހުން ފޮޓޯ އާންމުކޮށް، ހޯދުމުގެ މަސައްކަތް ފަށާފައިވަނީ، ޕާކިސްތާނުގެ މުހައްމަދު އަބިޑް، 26 އަހަރެވެ.
ފުލުހުން ބުނީ، އޭނާ ހޯދަމުން އަންނަނީ ރެސްޓޯރެންޓެއްގައި ބަންގަލްދޭޝް މީހަކު މަރާލި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ވަނީ އޭނާއާ ބެހޭ މައުލޫމާތެއް އެނގޭ ފަރާތްތައް ފުލުހުންގެ ހޮޓްލައިން، 119 އަކަށް އެންގުމަށް އެދިފައެވެ. އަދި އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށާއި އާންމުން އޭނާއާ ކުރިމަތި ނުލުމަށް ފުލުހުން އެދިފައިވެއެވެ.
ހުޅުމާލޭގައި ހުންނަ ހާނޖީ ރެސްޓޯރެންޓުގައި މިއަދު ހަވީރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އެ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގަލަދޭޝްގެ ޒުވާނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު