ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުނިސިޕަލް ހިދުމަތް ދޭ ގޮތް މޮނިޓާކޮށް، މާލޭ ސިޓީ ކައުންސިލަށް ރިޕޯޓްކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މިހާރު ދެމުން އަންނަނީ އެޗްޑީސީންނެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން ދެމުންދާ ގޮތް މޮނިޓާކޮށް، އެ ކައުންސިލަށް ރިޕޯޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އާންމު ފަރުދުންނާއި ޕާޓްނާޝިޕް އަދި ކުންފުނިތަކަށްވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހެޅޭނެ ކަމަށްވެސް ބުންޏެވެ. އަގު ހުށަހަޅަން ޖެހެނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެއަކީވެސް އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ތަނެއް ކަމަށާއި އެތަނުގެ މިސްކިތްތަކައި މުނިސިޕަލް ހިދުމަތްތަށް ދިނުމުގެ ކަންކަން ބަލަހައްޓަން ޖެހޭނީ އެކައުންސިލުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު