އުރީދޫން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ބާޒާރަށް ނެރުނު ކަނޑޫދޫ މިރުސް ސޯސް ޕެކް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޭސްބުކް މެދުވެރިކޮށް އުރީދޫން އިއްޔެ ހުޅުވާލި އެ ފުރުސަތުގައި ކުޅިކޮށް ކާން ބޭނުންވާ ދެ މީހަކު ޓެގް ކުރުމުން ބައިވެރިވެވޭނެއެވެ.
އުރީދޫން ބުނީ އުރީދޫ ރޯދަ ހަދިޔާގެ ގޮތުގައި ކަނޑޫދޫ މިރުސް ސޯސް ޕެކް ހޯދުމަށް ކުޅިކޮށް ކާ ދެ މީހަކު ޓެގް ކުރަން ޖެހޭ ކަމަށާއި ފޭސްބުކް ޕޯސްޓުގެ ކޮމެންޓުގައި ޓެގް ކުރުމާއެކު Kandoodhoomirus# ހޭޝްޓެގް ވެސް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
ދެ މީހަކު ޓެގްކޮށްގެން ކަނޑޫދޫ މިރުސް ސޯސް ޕެކް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30 ގެ ނިޔަލަށެވެ. ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެންނެވެ.
އުރީދޫން ރޯދަ މަހަށް ބާޒާރަށް ނެރުނު ކަނޑޫދޫ މިރުސް ބްރޭންޑަކަށް ހަދައި, ބާޒާރަށް ނެރެފައިވަނީ ތ. ކަނޑޫދޫ ކައުންސިލާ ގުޅިގެންނެވެ. ކަނޑޫދޫ މިރުސް ބްރޭންޑްގެ ހޮޓް ސޯސްގެ ބާވަތްތައް ތައްޔާރުކުރެވިފައިވަނީ ކުޅިރަހަ މަޑުކޮށް ކާ މީހުންނަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެގޮތަށެވެ.
އުރީދޫން ބުނީ ކަނޑޫދޫ މިރުސް ހޮޓް ސޯސް ގަންނަން ބޭނުންވާ ފަރާތްތަކަށް ކަނޑޫދޫ މިރުސް ވެބްސައިޓް އަދި އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު