މި އަހަރު އެއް މިލިއަން ހައްޖުވެރިންނަށް ފުރުސަތު ދޭން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
ސައުދީގެ ހައްޖާއި އުމުރާއާ ބެހޭ މިނިސްްރީން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ހައްޖުގެ އަޅުކަމަށް ދެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ކަމަށާއި އެ މީހުންނަކީ އެގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ހައްޖަށް ދާ ކޮންމެ މީހެއްގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުމާއި ފުރިހަމަ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އެވްރެޖުކޮށް އަހަރަކު ދެ މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދެ އެވެ.
ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު، ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ 58،700 މީހަކަށެވެ. އެއީ ސައުދީ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު