އާމްދަނީން ޓެކްސް ނެގުމުގައި އިސްތިސްނާ ދޭނެ ގަވާއިދު ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓްކޮށްފިއެވެ.
އެ ގަވާއިދަށް ކިޔަނީ "ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު" އެވެ. އެ ގަވާއިދުގެ ބޭނުމަކީ، ވިޔަފާރި މަޝްރޫއުތަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ބަލަންޖެހޭ ޝަރުތުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމާއި، އިސްތިސްނާ ދެވޭ ފަރާތްތަކުގެ ދަފުތަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުމެވެ.
ގަވާއިދުގެ ތިންވަނަ މާއްދާގައި ވަނީ، ޓެކްސް ނެގުމުގައި އިސްތިސްނާ ހޯދުމަށް ބޭނުންވާނަމަ، އެ ވިޔަފާރި މަޝްރޫއެއް ހިންގާ ފަރާތުން އެ މަޝްރޫއެއްގެ ބެލެނިވެރި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތަށް ހުށަހަޅާ ހުށަހެޅުންތައް އެ ހުށަހެޅުމެއް ލިބުނު މިނިސްޓްރީއަކުން ދިހަ ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް ފޮނުވަން ޖެހޭނެކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ލިބޭ ހުށަހެޅުންތައް ރައީސް އޮފީހަށް ހުށަހެޅުމަށް 30 ދުވަސް ލިބޭނެއެވެ.
ވިޔަފާރި މަޝްރޫއެއް ހިންގާ ފަރާތަކުން ޓެކްސް އިސްތިސްނާ ހޯދުމަށް ހުށަހަޅާ ހުށެހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮތެއް ކަނޑައަޅަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއްގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. އިސްތިސްނާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިނަމަ އެ އިސްތިސްނާ ދެމިއޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މުއްދަތަކަށް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ
- އިސްތިސްނާއެއް ދިނުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު
- އެ އިސްތިސްނާއެއް ދިނުމުން، އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާއާއި ގެއްލުން
- އިސްތިސްނާ ދިނުމުން ހާސިލުވުމަށް ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރު
- (ހ) އިސްތިސްނާ ލިބޭ ފަރާތުން މީރާއަށް ހުށަހަޅާފައިވާ އެންމެހައި މައުލޫމާތު، މީރާއިން މިނިސްޓްރީއަށް ހާމަކުރުމަށް އިސްތިސްނާ ލިބޭ ފަރާތުން އިންކާރު ނުކުރާކަމަށް އެއްބަސްވުން
- (ށ) ވަކި ވިޔަފާރި މަޝްރޫއަކަށް އިސްތިސްނާ ދޭނަމަ، މި ގަވާއިދުގެ އަށްވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ގާނޫނީ ޝަހުސުން ކުރާ ހަމައެކަނި މަސައްކަތަކީ، އެ މަޝްރޫއުގެ މަސައްކަތަކަށް ވުން
- (ނ) 1- ދައުލަތަށް ލިބޭ ހިލޭ އެހީއެއްގެ ދަށުން ނުވަތަ ލޯނަކުން ހިންގާ ވިޔަފާރި މަޝްރޫއަކަށްވުން
- 2- ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކާއެކު ވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި މަޝްރޫއަކަށް ވުން
- 3- ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ސަރުކާރާއެކު ވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި މަޝްރޫއަކަށް ވުން
- 4- ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާ ވިޔަފާރި މަޝްރޫއަކަށް ވުން
އާމްދަނީ ޓެކްސްއިން އިސްތިސްނާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި އެ ލިސްޓު ގެޒެޓްކޮށް އަޕްޑޭޓް ކުރަމުން ގެންދަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ނިންމާ ވިޔަފާރި މަޝްރޫއަށް ހާއްސަކޮށްގެން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވަކި ގާނޫނީ ޝަހުސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންވެސް ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކޮށްފައިވާ ފަރާތްތައް، "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މީރާއިން އޮޑިޓްކުރަން ޖެހެއެވެ. މީރާއިން ކުރާ އޮޑިޓެއްގައި ފާހަގަކުރެވޭ ކަންކަން މިނިސްޓަރަށާއި އިސްތިސްނާ ލިބިފައިވާ ފަރާތަށް ފޮނުވަން ވެސް ޖެހެއެވެ.
- އިސްތިސްނާއަށް އެދި ހުށަހެޅުމުގައި ދީފައިވާ މައުލޫމާތުގައި ސައްހަ ނޫން މައުލޫމާތު ހިމަނާފައިވުން
- އިސްތިސްނާކޮށްފައިވާ ވިޔަފާރި މަޝްރޫއު ހުއްޓައިލުން ނުވަތަ އެ މަޝްރޫއުގެ ނަމުގައި އިތުރު ވިޔަފާރިއެއް ހިންގަން ފެށުން
- އިސްތިސްނާ ދީފައިވާ ވިޔަފާރީގެ މައްޗަށް ޝަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވުން
- އިސްތިސްނާ ދިން މަގުސަދު ހާސިލުވުން
- އެކަށީގެންވާ ހެއްކާއެކު، އެއްވެސް ސަބަބަކާހުރެ އިސްތިސްނާ ދިން މަގުސަދު ހާސިލުނުވާނެކަމަށް ބެލެވުން
- އިސްތިސްނާ ދެމިއޮތުމުން ދައުލަތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން
- ގެއްލޭ ޓެކްސް ފިޔަވައި މާލީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ގެއްލުމެއް ލިބުން، ނުވަތަ ގެއްލުމެއް ލިބޭނެކަމަށް އެކަށީގެންވާ ހެއްކާއެކު ބެލެވުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު