ދ. އަތޮޅުގެ ރިސޯޓެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ ދ. އަތޮޅުގެ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއް ކައިރީގައި މަސައްކަތްކުރަން އުޅުނު މީހަކު މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:54 ހާއިރު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާއަކީ ދ. އަތޮޅުގެ ކޮން ރިސޯޓެއްގައި މަސައްކަތްކުރަމުންދިޔަ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ.