ސައޮ ޓޮމޭ އެންޑް ޕްރިންސަައިޕް އާއެކު ހާރިޖީ ގުޅުން ގާއިމްކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ، ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ތިލްމީޒާ ހުސައިނެވެ. ސައޮ ޓޮމޭގެ ފަރާތުން ސޮއިކުރެއްވީ، އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމިނަންޓް މަންދޫބު އަލްސީނިއޯ ކްރެވިޑް އީ ސިލްވާއެވެ.

ސައޮ ޓޮމޭއާއެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ އިރު، ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަނެ، ގުޅިގެން މަސައްކަތްކުރުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ސައޮ ޓޮމޭއަކީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރި 180 ވަނަ ގައުމެވެ.

އެގައުމަކީ އީކުއޭޓާ ކައިރީގައި އޮންނަ އެފްރިކާގެ ކުޑަ ގައުމެކެވެ.