ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ އާއި ބާރަށު ކައުންސިލްގެ ރައީސް ސޮފުވަތު މުހައްމަދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމުލަ 17.12 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ.