ކުޅިވަރު ކުޅޭ ތަރިންގެ ތެރެއިން އެންމެ އަގު ބޮޑު ކާރު ގެންގުޅުމުގެ ރިކޯޑް އާޖެންޓީނާގެ ލިއޯ މެސީއަށް ލިބިއްޖެއެވެ.
ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ މެސީގެ ކަލެކްޝަނުގެ ޖުމްލަ އަގު 28 މިލިޔަން ޕައުންޑަށް އަރައެވެ. މެސީގެ އަތުގައި ޖުމްލަ 13 ކާރު އޮންނައިރު އޭގެ ތެރެއިން އެންމެ އަގުބޮޑީ ޚާއްސަ ވައްތަރެއްގެ ފެރާރީއެކެވެ. އޭގެ އަގު އެކަނިވެސް 24 މިލިޔަން ޕައުންޑަށް އަރައެވެ.
މެސީގެ ފަހަތުން ލިސްޓުގެ ދެވަނަ ލިބެނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ރޮނާލްޑޯގެ ކަލެކްޝަނުގެ ޖުމްލަ އަގަކީ 18 މިލިޔަން ޕައުންޑެވެ. ލިސްޓުގެ އެއްވަނައިގައިވާ މެސީއަށްވުރެ ދެވަނައިގައިވާ ރޮނާލްޑޯ ގެންގުޅޭ ކާރުތަކުގެ އަދަދު ގިނައެވެ. ރޮނާލްޑޯގެ ކަލެކްޝަނުގައި ޖުމްލަ 19 ކާރު އެބައޮތެވެ.
ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޕެރިހުގައި އޮތް ނީލަމެއްގައި ފެރާރީގެ ވަރަށް މަދު ވައްތަރެެއްގެ ކާރެއް 2016 ވަނަ އަހަރު ލިއޯ މެސީ ގަނެފައިވަނީ އެކާރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޝައުގުވެރިވެ ބިޑްކޮށްގެން އުޅެނިކޮށެވެ. ފެރާރީން މިހާތަނަށް އުފެއްދީވެސް މި ވައްތަރުގެ ޖުމްލަ ހަތަރު ކާރު ކަމަށް އެނގިފައިވެއެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު