ހއ. ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ގާއިމު ކުރުމުގެ މަޝްރޫއަކީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، ހިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށްވެސް ބުންޏެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ މުސްތަގުބަލު ކަމުގައިވާ ޅަ ދަރިންގެ އިލްމާއި ހިލްމު ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެ ކުންފުނީގެ ސަގާފަތުގައި ހިމެނޭކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ ގާތުން އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު