ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވި ކަމަށްބުނާ މައްސަލައިގައި ޝިޔާމަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މިއަދު 11:00 ގައި ކުރިމިނަލް ކޯޓަށް ތާވަލު ކޮށްފައިވާ މި މައްސަލަ ކެންސަލް ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އެއީ ކޯޓަށް އަޑު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުންނެވެ.
މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ކޮށްފައި ވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލައިގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު