ފުވައްމުލަކު ސިޓީގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށާއި އަދި އެސިޓީގެ ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެ ސިޓީއަށް ކޮށްދެއްވަން ނިންމާފައިވާ ކަންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.
ރައީސް އިބްރާހީމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ފަރާތުން އެ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ އެމަނިކުފާނު ވަރަށްފަހުން އެ ސިޓީގެ ރައްޔިތުން މަޖިލީހުގެ ތިން މެމްބަރުންނާއި ސިޓީގެ މޭޔަރާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ސިޓީގެ ތަރައްގީއަށް ކޮންމެހެން ވެސް ބޭނުންވާ ކަންކަން އެމަނިކުފާނަށް ހުށަހަޅާފައިވުމުން، އެކަންކަން ސަރުކާރާ ހިއްސާކުރައްވައި ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާ ކިޔައިފައެވެ. އެ ހޫނު މަރުހަބާއަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކު ރައްޔިތުންނަށް ބޮޑު ހަބަރެއް ދެއްވަން އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ހަބަރަކީ އެއާޕޯޓާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކަމަށެވެ. ރައީސް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓް މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބޯޓްތައް ޖެއްސުމަށް ހުރަސް އެޅޭނެ ކަމަށާއި އެހެންވެ ރަންވޭ ބޮޑުކުރެވޭނެ މިންވަރެއް ބެލުމަށް ސާވޭއެއް ހެދުމަށް ޕްލޭނިން މިނިސްޓްރީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ބަނދަރު ކުޑަވެ ތޮއްޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބަނދަރު ބޮޑުކުރުމަށް ސާވޭ ހެދުމަށް ބަނދަރު މީގެ ކުރިންވެސް ތަރައްގީ ކުރި ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަނދަރު ބޮޑުކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑުކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ދެއްވައިފައެވެ.
ގުދުރަތީ ގޮތުން ފުވައްމުލަކު އުފެދިފައިވާ ގޮތުގެ ސަބަބުން މޫދަށް އެރި އުޅުމާއި ފަތާ ހެދުމަކީ ފަސޭހަ އަދި ރައްކާތެރިކަމެއް ކަމަކަށް ނުވާތީ ރައީސް ވަނީ އެރަށުގައި ފަތާފެންގަނޑެއް ތަރައްގީކޮށްދިނުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ފުވައްމުލަކު ރައްޔިތުންނަށް ވެސް ދިމާވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މިހާރު 200 ހައުސިން ޔުނިޓް އެޅުމަށް ޓެންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެދަދަކީ އެކަށިގެންވާ އަދަދެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ މަޝްރޫއުގެ އިތުރުންވެސް އެހެން މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު އިތުރަށް ފުޅާ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ ސިޓީގައި އިތުރު 10 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިހާރު އެ ސިޓީގައި 18 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީން އަންނަނީ ކުރަމުންނެވެ.
އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ހައިވޭއެއް އެޅުމަށް ސާވޭކޮށް, އެމަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސިޓީގައި ތައުލީމީ އަދި ސިއްހީ ހިދުމަތް ވެސް ފުޅާ ކުރެއްވާނެ ކަމަށާއި އެގޮތުން ފުވައްމުލަކުގައި 500 އެނދުގެ ހޮސްޕިޓަލް މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލް ތަރައްގީކުރެވިގެން ދާނީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުވައްމުލަކު ސިޓީ ތަމްސީލުކުރައްވާ އެމްޑީޕީ ކައުންސިލަރުންނާއި ތިން މަޖިލިސް މެމްބަރުން ރައްޔިތުންނަށް ވައުދުތަކެއްވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދުތަކަކީ ސަރުކާރުގެ ވައުތަކެއް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދައިދެއްވާނެ ކަމަށާއި އަލަށް އިއުލާންކުރެއްވި ވައުދުތައް ވެސް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
- އެކްސެލެރޭޓިން ސަސްޓެއިނެބްލް ޕްރައިވެޓް އިންވެސްޓްމެންޓްއިން ރިނިއުއެބަލް އެނާރޖީ ޕްރޮޖެކްޓް
- ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
- މަގު ހެދުން
- ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން
- ސްކޫލް މަލްޓި ޕާޕަސް ހޯލް
- މުހައްމަދު ޖަމާލުއްދީން ސްކޫލް 16 ކްލާސްރޫމް އަދި ކޮމްޕިއުޓާރ ލެބް އިމާރާތް
- ހާފިޒު އަހުމަދު ސްކޫލް 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް
- މަސްޖިދުއް ހުދާ އިމާރާތްކުރުން
- ދޫޑިގަން އަވަށު މިސްކިތް އިމާރާތްކުރުން
- ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން
- ސްޓޭޓް އޮފް އާޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމްކުރުން
- ފިޒު އަހުމަދު ސްކޫލް 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް
- ހޮސްޕިޓަލް ތަރައްގީކުރުން
- ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީކުރުން
- ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައިކުރުން
- ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
- ސްކޫލް މަލްޓި ޕާޕަސް ހޯލް
- މަސްޖިދުއް ހުދާ އިމާރާތްކުރުން
- ޏ.އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތް
- އެކްސެލެރޭޓިން ސަސްޓެއިނެބްލް ޕްރައިވެޓް އިންވެސްޓްމެންޓްއިން ރިނިއުއެބަލް އެނާރޖީ ޕްރޮޖެކްޓް
- ދޫޑިގަން އަވަށު މިސްކިތް އިމާރާތްކުރުން
ޚަބަރު
ޚަބަރު
ޚަބަރު