މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފިއެވެ.

އެސްއޯ ފުލުހުންގެ ޓީމަކުން ނަރީޝް ހައްޔަރުކޮށްފައި ވަނީ ޗައިނާގެ އެމްބަސީ ކައިރީގައި ހުންނަވަނިކޮށެވެ.

ފުލުހުން ދެންމެ ބުނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ނަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ނަރީޝް ހައްޔަރުކޮށްފައި ވަނީ އިދިކޮޅުގެ "ނޭވާހޮޅިއަށް" މި ނަމުގައި މާލޭގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ފެށެން ކައިރިވެފައި ވަނިކޮށެވެ.

ނޭވާހޮޅިއަށް ހަރަކާތް ފަށަން ހަމަޖައްސާފައިވަނީ އޮތީ 16:00 ގައެވެ. ނަމަވެސް މިއަދު 14:00 އިން ފެށިފެން ފުލުހުން އައީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް ފޯރިމަރަމުންނެވެ.