މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެއިން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސް އިން މާލޭގައި ސާޗު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން އޮޕަރޭޝަންގައި މާފަންނު ގެއަކުން 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެކަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
މަސްތުވާތަކެތި ފެނިފައިވަނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓް ކަމަށްވާ އެފްސީޕީޑީ އޮފީސް ކުރިމަތީގައި ދެބުރިއަށް ނަގާފައި ހުރި ގެއަކުންނެވެ.
މަސްތުވާތަކެތި ފެނިފައިވަނީ އެގޭގެ ތަޅުންގަނޑުގެ އަޑީގައި ކުޑަ ގޯޅިއެއްހެން ހަދާފައި އިން ތަނަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު