ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

މި މަޝްރޫއުގެ ދަށުން، 30 މީޓަރުގެ ރިވެޓްމެންޓާއި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،700 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11.52 މިލިއަން ރުފިޔާ އަށް 180 ދުވަސް ތެރޭގައި ނިންމައި ހަވާލު ކުރުމަށެވެ.