މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2000 ކޮންޓެއިނަރަށް ވުރެ ގިނައިން ޖެހޭނެ ވަރުގެ ބިމެއް ކުއްޔަށް ނަގަން އެޗްޑީސީއާއެކު ސޮއިކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނަރު ސްޓޯރޭޖް ބޮޑުކުރުމަށް އެޕޯޓާއި އިންވެގެން އޮންނަ ބިން ކުއްޔަށް ހިފުމަށް މިއަދު އެޗްޑީސީއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން، އެ ކުންފުނީގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓާއި އިންވެގެން އޮންނަ ބިން ލިބި، މިހާރު އެ ކުންފުންޏަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސްކޮންޓެއިނަރު ޖެހޭނެ ކަމަށެވެ. އަދި ކެޕޭސިޓީ އިތުރުވުމުގެ އިތުރަށް، "އޮޕަރޭޝަން ކެޕޭސިޓީ" ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރޯދަ މަހަކީ އެމްޕީއެލްގެ މަސައްކަތުގައި ބާރުބޮޑު އަދި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދުވެސް އިތުރުވެގެންދާ މައްސަރަކަށް ވުމާއި އެކު، މި ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މައި ޕޯޓު (މާލެ ކޮމާޝަލް ހާބަރު)ގައި ކޮންޓެއިނާ ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްގެ އަމާޒަކީ، ބޯޓުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް މުދާ އަވަހަށް ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެއިން އެމްޕީއެލް އަށް ދޭން ނިންމާފައިވަނީ 120،000 އަކަ ފޫޓަށް ވުރެން ބޮޑު ބިމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު