މެރިޓައިމް ޕޯޓު ތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް "ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް"ގެ ނަމުގައި ހާއްސަ ކޯހެއް ކުރިޔަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނީ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ގައުމީ ޔުނިވަސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްގެ ފަރާތުން ކުޅުދުއްފުށީ ކެމްޕަހުގައި ކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މި ކޯހުން، ޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ސޭފްޓީ އެޓް ސީގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުމަށް ހާއްސަ ސެޝަންތަކާއި އައިއެމްއޯ އަދި އައިއެލްއޯ މިންގަނޑަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްގެ ރީޖަނަލް ޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން މިހާރުވެސް އެމްޕީއެލުން ކުރިޔަށް އެބަ ގެންދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު