އައްޑޫ ސިޓީގައި ގާއިމުކުރާ ވޭސްޓް އެނާޖީ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނަށް އަމާޒުކޮށްގެން އެންވަޔަރަމެންޓް މިިނިސްޓްރީން އައްޑޫ ސިޓީގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބަހައްޓާ ވޭސްޓް އެނާޖީ ޕްލާންޓް އިންސްޓޮލޭޝަންގެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ރާއްޖެއިން ބޭރުން ޑިޒަިއިންކޮށް އުފައްދައިގެން ގެނައި މި ވޭސްޓް އެނާޖީ ޕްލާންޓަށް ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފައްދުމުގެ ގާބިލުކަން ލިބިފައިވެއެވެ. އަދި އެ ޕްލާންޓު 1.5 މެގަވޮޓް ކަރަންޓު އުފައްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެ ޕްލާންޓުން އުފައްދާ ކަރަންޓުގެ 500 ކިލޯވޮޓް ކަރަންޓު ބޭނުން ކުރާނީ އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށާއި، ބާކީ އެއް މެގަވޮޓް ކަރަންޓު، އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑް އާ ގުޅާލަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު