ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 540،250.49 ރުފިޔާ ދައްކައި ނިންމުމުން ދަނގަޑޭގެ މައްސަލަ ސިވިލް ކޯޓުން މިއަދު ނިންމާލައިފިއެވެ.
ދަގަނޑޭގެ އެދުމަށް، ކޮންޓެކް ޕްރައިވަޓުން ވަނީ މއ. ގޯލްޑަންސްކައި ގޭގެ ލިފްޓް ހަރުކޮށް އެ ލިފްޓު ޓެސްޓުކޮށްފައެވެ. އެ މަސައްކަތުގެ އަގު ކަމަށްވާ 540،250.49 ދަނގަޑޭ ދައްކަމުންނުދާތީ ކޮންޓެކް ޕްރައިވެޓުން ވަނީ އެ ފައިސާ އެކީ އެއްފަހަރާ ދަނގަޑޭގެ އަތުން ނަގައި ދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް ދަގަނޑޭ ވަނީ އެ ފައިސާ، ކޮންޓެކް ޕްރައިވެޓް ކުންފުންޏަށް ދައްކައި ނިންމައިފައެވެ. އެހެންވެ ކޮންޓެކް ޕްރައިވެޓުން ވަނީ ދައުވާ ބާތިލުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.
ދައުވާކުރާ ފަރާތުން ދައުވާ ބާތިލުކުރަން ބޭނުންވެއްޖެނަމަ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެކަން އެގޮތަށް ކުރެވެއެވެ. އެހެންވެ ސިވިލް ކޯޓުން މިއަދު ނިންމީ ދަގަނޑޭއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު