ކިތަންމެ ބުރުސޫރަ ރީތިވެފައި ކިތަންމެ މަޝްހޫރު މީހަކަސް ކޮންމެވެސް ސަބަބަކާލައިގެން ލޯބީގެ ދުނިޔޭގައި ހިތްދަތިކަމާއި ހިތާމަތައް ތަހައްމަލްކުރަން ޖެހިދެއެވެ. މިފަދަ ހިތްދަތިކަމެއް ތަޖުރިބާކުރަމުންދާ އެކަކީ މަޝްހޫރު މޮޑެލްއެއް ކަމަށްވާ އެކަޓެރީނާ ލިސީނާއެވެ.
އުމުރުން 34 އަހަރުވީ އެކަޓެރީނާއަކީ ކުރީގައި ބާސްކެޓްބޯޅަ ތަރިއެކެވެ. މިހާރު މަޝްހޫރު މޮޑެލްއެކެވެ. އޭނާގެ ހިތާމަތަކާއި ގުޅިފައިވަނީ އޭނާގެ ދިގު އިސްކޮޅެވެ. އެކެޓެރީނާގެ އިސްކޮޅަކީ 6 ފޫޓު 9 އިންޗިއެވެ. އެހެންކަމުން ހަޔާތުގެ ބައިވެރިޔަކު ހޯދުން ފަސޭހަކަމަކަށް ނުވެއެވެ.
އެކެޓެރީނާއަށްވުރެ ދިގު ފިރިހެނުންނާވެސް ދިމާވެއެވެ. އެކަމަކު އެމީހުންގެ ޝައުގުވެރިކަމެެއް އޭނާޔަކަށް ނެތެވެ. އެމީހުން އެދޭ މިންވަރަށްވުރެ އޭނާ ދިގީއެވެ. އެހެންވީމާ އެކެޓެރީނާއަށް ޖެހެނީ އޭނާއަށްވުރެ އިސްކޮޅުން ކުރު ފިރިހެނުންނާއެކު ރައްޓެހިކަން ބޭއްވުމަށެވެ. އެކަމަކު އެއިން މީހަކުވެސް މާގިނަ ދުވަހު އޭނާޔާ ގުޅިގެން އުޅެން ބޭނުމެއް ނުވެއެވެ. ކައިވެނިކުރަންވެސް ބޭނުމެއް ނުވެއެވެ. ރައްޓެހިން ޖޯކުޖަހާތީއެވެ. ނުވަތަ އެފަދަ އެހެން ކޮންމެވެސް ކަމެއް އޮތީމައެވެ. އެކެޓެރީނާ ބުނާގޮތުގައި އޭނާގެ އުމުރުން ދުވަސްވާވަރަކަށް މިހިތާމަ ދަނީ ބޮޑުވަމުންނެވެ.
ރަޝިޔާއަށް އުފަން އެކެޓެރީނާގެ ދިގު އިސްކޮޅު ގުޅިފައިވަނީ އޭނާގެ އާއިލާޔާއެވެ. މަންމަޔާއި ބައްޕަވެސް ވަރަށް ދިގެވެ. އެދެމީހުންގެ އިސްކޮޅުގައި 6 ފޫޓު 2 އިންޗި ހުރެއެވެ. މަންމަޔާއި ބައްޕަޔަށްވުރެވެސް އެކެޓެރީނާ މާދިގެވެ. އޭނާ ބުނާގޮތުގައި އިސްކޮޅުގައި 5 ފޫޓު 7 އިންޗި ހަމަވާ ކޮންމެ މީހަކުވެސް އޭނާއަށް މިހާރު އެންމެ ރަނގަޅެވެ. އެއަށްވުރެ ކުރުވެއްޖެނަމަ ދެން މާކުރީއެވެ. އޭނާއަށްވުރެ އެއްފޫޓު ދެއިންޗިއަށް ވުރެ ކުރު މީހަކަށް ފުރުސަތެެއް ނެތެވެ. އޭނާޔާ ރައްޓެހިވާ މީހަކީ ހިތްހެޔޮ ޚުލްގުހެޔޮ މީހަކަށްވާން ޖެހެއެވެ. އަތްމަތި ތަނަވަސް ފައިސާވެރިޔަކަށްވެސް ވާންޖެހެއެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު