ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރު ނިމި، އަތޮޅު ޗެމްޕިއަނުން ކަށަވަރު ވެއްޖެއެވެ. އެ ޗެމްޕިއަނުންނަށް ރަށްރަށުން ހޫނު މަރުހަބާތަކެއް ކިޔައިވެސް ނިންމައިފިއެވެ. ދެން އޮތީ ހަގީގީ ޗެލެންޖެވެ. އަތޮޅު ޗެމްޕިއަންކަމުގެ އުފަލުން ނުކުމެ، ދަނޑު މައްޗަށް އަރަންވީއެވެ. ޒޯން ބުރުގެ "ޓަފް" މެޗުތަކަށެވެ.

ޒޯން ބުރުގައި 31 ޓީމު ވާދަކުރާނެއެވެ. އެއީ ސ. އަތޮޅުން އޮޓޮމެޓިން ޒޯނަށް ކޮލިފައިވި އެއް ޓީމާއި، ނ. އަތޮޅުން ކޮލިފައިވި ޓީމަކާއި، ގދ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، ގއ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާއި، ލ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، ތ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާއި، ދ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، ފ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، މ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާއި، އއ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، އދ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާއި، ކ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާއި، ޅ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، ބ. އަތޮޅުގެ ޗެމްޕިއަން ޓީމުގެ އިތުރުން، ރ. އަތޮޅުގެ ޗެމްޕިއަން ޓީމާއި، ށ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާއި، ހދ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމާ، ހއ. އަތޮޅު ޗެމްޕިއަން އަދި ރަނަރަޕް ޓީމު އަދި މާލޭ ސިޓީއާއި ފުވައްމުލައް ސިޓީގެ ޓީމުތަކެވެ.

ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯނުތަކުގައި މިފަހަރު ކުޅޭނީ ލީގު ބުރެކެވެ. ޒޯން އެކެއްގައި ޖުމުލަ ހަ ޓީމު ވާދަކުރާ އިރު، އެ ޒޯނުގެ މެޗުތައް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ޒޯނުގެ ޗެމްޕިއަން ކަނޑައަޅަން ވަކިން ފައިނަލް މެޗެއްވެސް ކުޅޭނެއެވެ. އެހެން ނަމަވެސް ދެން ހުރި ޒޯންތަކުގެ ޗެމްޕިއަން ޓީމު ކަނޑައަޅާނީ ލީގު ބުރުންނެވެ. ލީގު ބުރު ނިމޭ އިރު، އެއްވަނަ އާއި ދެވަނަ ގަދަ 16 އަށް ދާނެއެވެ.

  • ސ. އަތޮޅު / ފޭދޫ (މަރަދޫން މުބާރާތް ނުކުޅުމުން ޗެމްޕިއަންކަން ލިބިފައި)
  • ގއ. މާމެންދޫ
  • ލ. ގަން
  • ތ. ތިމަރަފުށި
  • ފ. ބިލެއްދޫ
  • ދ. ކުޑަހުވަދޫ
  • މ. މުލައް
  • އދ. މާމިގިލި
  • އއ. މަތިވެރި
  • ކ. ގާފަރު
  • ޅ. ހިންނަވަރު
  • ބ. އޭދަފުށި
  • ރ. ދުވާފަރު
  • ށ. ކަނޑިތީމް
  • ހދ. ނާވައިދޫ
  • ހއ. އިހަވަންދޫ
  • ގދ. ވާދޫ
  • ނ. ކުޑަފަރީ (އެއް ޓީމު ބައިވެރިވުމުން ކޮލިފައިވެފައި)
  • ޏ. އަތޮޅު/ މާލެގަން
  • ގއ. ކޮނޑޭ
  • ތ. އޮމަދޫ
  • މ. ދިއްގަރު
  • އދ. އޮމަދޫ
  • ކ. ކާށިދޫ
  • ށ. މިލަންދޫ
  • ހދ. ވައިކަރަދޫ
  • ހއ. ހޯރަފުށި
  • މާފަންނު
  • ވިލިމާލެ
  • ހުޅުމާލެ
  • ހެންވޭރު

ޒޯން 1 : ގްރޫޕް އޭ/ ށ. ކަނޑިތީމް، ހއ. ހޯރަފުށި، ހދ. ވައިކަރަދޫ

ގްރޫޕް ބީ/ ށ. މިލަންދޫ، ހދ. ނައިވައިދޫ، ހއ. އިހަވަންދޫ

ޒޯން 2: ރ. ދުވާފަރު، ބ. އޭދަފުށި، ނ. ކުޑަފަރި

ޒޯން 3: ކ. ކާށިދޫ، ކ. ގާފަރު، ޅ. ހިންނަވަރު، އއ. މަތިވެރި

ޒޯން 4: އދ. އޮމަދޫ، އދ. މާމިގިލި، މ. ދިއްގަރު، މ. މުލައް

ޒޯން 5: ދ. ކުޑަހުވަދޫ، ފ. ބިލެއްދޫ، ތ. އޮމަދޫ، ތ. ތިމަރަފުށި

ޒޯން 6: ލ. ގަން، ގދ. ވާދޫ، ގއ. މާމެންދޫ، ގއ. ކޮނޑޭ

ޒޯން 7: ސ. ފޭދޫ، މާލެގެން

ޒޯން 8: މާފަންނު، ވިލިމާލެ، ހުޅުމާލެ، ހެންވޭރު

ޒޯން ބުރުގެ މެޗުތައް މިރޭ ފަށައިގެން ގޮސް ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. ކޮންމެ މެޗެއްގައިވެސް ފައިނަލެއްގެ ފޯރި ހުންނާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ މުބާރާތް އިތުރަށް ފޯރިގަދަ ވެގެންދާނެ މެޗުތަކެއް ކަން ޔަގީނެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. ޒޯން ބުރުގެ ކަވަރޭޖްވެސް ވަން އިން ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ކަމަށް ދަންނަވަމެވެ.

20:15 ކ. ކާށިދޫ - އއ. މަތިވެރި (ޒޯން 3)

20:15 ށ. ކަނޑިތީމް - ހއ. ހޯރަފުށި (ޒޯން 1/ ގްރޫޕް އޭ)

21:15 ކ. ގާފަރު - ޅ. ހިންނަވަރު (ޒޯން 3)

21:15 ށ. މިލަންދޫ - ހދ. ނާވައިދޫ (ޒޯން 1/ ގްރޫޕް ބީ)

22:15 މ. ދިއްގަރު - އދ. މާމިގިލި (ޒޯން 4)

22:15 މ. މުލައް - އދ. އޮމަދޫ (ޒޯން 4)