ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް 3،000 މުސްހަފު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މުސްހަފުތައް އެ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތުރެކް އަލްދޮސާރީއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މުސްހަފުތަކާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
ސައުދީން ހަދިޔާކުރީ ދެ ސައިޒެއްގެ މުސްހަފެވެ. އެއީ އާންމުކޮށް ހުންނަ އަކުރު ކުދި މުސްހަފާއި އަކުރު ބޮޑެތި މުސްހަފެވެ. އެ މުސްހަފުތައް ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މުސްހަފުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު