ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 20 ރަށެއްގައި، ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 34 މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ބޭންކުގެ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން 170 އަށްވުރެ ގިނަ މޮޓޮރައިޒްޑް ވީލްޗެއާ މިހާތަނަށް ހަދިޔާ ކޮށްފައިވާ ކަމަށް އެބޭނުންކުން ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ޕްރޮގްރާމް ފެށީ ވީލްޗެއާ ބޭނުންވާ ރާއްޖޭގެ ކޮންމެ ފަރުދަކަށް ވެސް މިފަދަ ވީލްޗެއާއެއް ފޯރުކޮށްދިނުމުގެ މަގުސްދުގައި ކަމަށެވެ. އަދި މި މަގުސަދު ހާސިލުކުރުމަށްޓަކައި އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ޓިމް އިތުރަށް ވިދާޅުވީ މޮޓޮރައިޒްޑް ވީލްޗެއާތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެގެންވެސް އުފެއްދުންތެރި، މިނިވަން ދިރިއުޅުމެއް އުޅުމުގެ އިތުރު މިނިވަންކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނުމަކީ ވަރަށް ހިތްގައިމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ބޭންކުން ބުނީ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ 2017 ވަނަ އަހަރު ފެށި ވީލްޗެއާ ބޭނުން ވެފައިވާ ރާއްޖޭގެ ކޮންމެ މީހަކަށް ވެސް މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކުރުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ޕްރޮގްރާމުތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރިއަށް އޮތްތާނގައިވެސް މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު