ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުގެ 12 ގޮޅިއެއް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، އެކަމަށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 9:00 އިން 11:00 އަށް ކަމަށެވެ.
ފޯމު ބަލައިގަންނާނީ ރެހެންދި ސްކޫލްގެ ހޯލުގައި ބަހައްޓާފައި ހުންނަ ޑެސްކަކުންނެވެ. ގުރުއަތު ނެގުންވެސް އޮންނާނީ ހަމަ އެދުވަހުގެ މެންދުރު ކުރި 11:30ގައެވެ. އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް އެޗްޑީސީގެ ވެބްސައިޓުން ލިބޭނެއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުން، ކުއްޔަށް ދޫކުރާ ގޮޅިތަކުގެ ތެރެއިން ހަ ގޮޅި ދޫކުރާނީ ވެޓް ނުވަތަ ޑްރައި ސްޓޯލްގައި ކުރެވޭ އާއްމު މަސައްކަތްތަށެވެ. ބާކީ ހަ ގޮޅި ދޫކުރާނީ އާއްމު ވިޔަފާރިތަކަށެވެ. އެ ހުރިހާ ގޮޅިއަކީވެސް 73.30 އަަކަފޫޓުގެ ގޮޅިއެވެ.
އެޗްޑީސީން އެ ގޮޅިތައް ދޫކުރާނީ ތިން މަހުގެ މުއްދަތަކަށެވެ. ކޮންމެ މަހަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 3،500 ރުފިޔާއެވެ. ގޮޅިތައް ކުއްޔަށް ނަގަން ހޮވޭ މީހުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮޒިޓްގެ ގޮތުގައި 10،500 ރުފިޔާ ދައްކަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު