ސިވިލް ކޯޓްގެ ގާޒީ ރިޒްމިނާ އިދްރީސް މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ މިދިޔަ އަހަރުގެ މާޗު 29 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސްގެ ސުލޫކީ މައްސަލަ ތަހުގީގުކުރެވި އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 13 ވަނަ ބައްދަލުވުމުގައެވެ.
ރިޒްމީނާއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ދައުވާ ކުރާ ފަރާތް ތަމްސީލު ކުރުމަށް ކޯޓަށް ވަކީލަކު ހާޒިރުވެ ހުރި އިރު، ވަކީލުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.