ރަޝިއާއާ ދެކޮޅު ގައުމުތައް ހިމެނޭ ގޮތަށް އެގައުމުން ލިސްޓެއް އާންމުކޮށްފިއެވެ.
ރަޝިއާ ސަރުކާރުން މިދިޔަ ހޯމަ ދުވަހު އެކުލަވާލި ލިސްޓުގައި ހިމެނެނީ ރަޝިއާއިން ޔޫކްރެއިނަށް ހަނގުރާމަ ފެށި ފަހުން އެ ގައުމާއި އެ ގައުމުގެ ކުންފުނިތަކާ ރައްޔިތުންނާ ދެކޮޅަށް އެކި ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކެވެ. އެ ލިސްޓުގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ. ނަމަވެސް ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އދ.ގެ ޖެނެރަލް އެސެމްބްލީން ބުދަ ދުވަހު ފާސްކުރި ގަރާރަށް ރާއްޖޭން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.
ރަޝިއާއާ ދެކޮޅުވެރި ގައުމުތަކުގެ ލިސްޓުގައި ހިމެނެނީ:
- އަލްބޭނިއާ
- އެންޑޯރާ
- އޮސްޓްރޭލިއާ
- އިނގިރޭސިވިލާތް (ޖާޒީ، އަންގްވީލާ، ބްރިޓިޝް ވާޖިން އައިލެންޑްސް، ޖަބްރާލްތާ ހިމެނޭ ގޮތަށް)
- ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތައް
- އައިސްލެންޑް
- ކެނެޑާ
- ލިކްޓަންސްޓައިން
- މައިކްރޮނީޝިއާ
- މޮނާކޯ
- ނިއުޒީލެންޑް
- ނޯވޭ
- ދެކުނު ކޮރެއާ
- ސަން މަރީނޯ
- ނޯތު މެސެޑޯނިއާ
- ސިންގަޕޫރު
- އެމެރިކާ
- ޓައިވާން
- ޔޫކްރެއިން
- މޮންޓެނީގްރޯ
- ސްވިޓްޒަލެންޑް
- ޖަޕާން
ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ 24 އިން ފެށިގެންނެވެ. އެއާއެކު ހުޅަނގުގެ ގިނަ ގައުމުތަކުން ދަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ބައިނަލްއަގުވާމީ ބޭންކިންގައި ބޭނުންކުރާ ސްވިފްޓާއި އޮންލައިން މަނީ ޓްރާންސްފާ ހިދުމަތް ޕޭޕަލްގެ އިތުރުން ވިސާ، އެމެރިކަން އެކްސްޕްރެސް އަދި މާސްޓަކާޑުގެ ހިދުމަތްވެސް ރަޝިއާގައި ވަނީ މެދުކަނޑާލައިފައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ފްރެންޗައިޒްތަކުންވެސް އެކުންފުނިތަކުގެ ވިޔަފާރިތައް ރަޝިއާގައި ވަނީ ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު