ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން އެގައުމުން ބޭރު ނުވެވި ތިބި 15 މީހުން ހަންގޭރީ މަގުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރޭންގައި 50 އަށްވުރެ ގިނަ ދިވެހިން ތިބި އިރު، ހަނގުރާމަ ފެށުމުގެ ކުރިން އެގައުމުން ބޭރު ނުވެވި ތިބީ 21 ދިވެއްސެކެވެ. އޭގެ ތެރެއިން 15 ދިވެހިން ތިބީ ޔުކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯގައެވެ. އަދި ފަސް ދިވެހިން ހަރްވީކުގައި ތިބި އިރު، ނިޕްރޯގައި އެ ދަރިވަރަކު އެބަ ހުއްޓެވެ. ހަރްވީކްއާއި ނިޕްރޯއަކީ ރަޝިއާގެ ސިފައިން އެންމެ ގަދައަށް ހަމަލާދޭ ދެ ސަރަހައްދެވެ.
ޔޫކްރެއިންގައި ތިބި ދިވެހިންގެ އެންމެ ފަހުގެ ހާލަތު ހިއްސާ ކުރަމުން ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިވަނޯގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، ރެއިން ފެށިގެން ފޮރިން މިނިސްޓްރީއާއި ބާލިންގައި ހުންނަ ދިވެހި އެމްބަސީން ހަންގޭރީ ސަރުކާރާއެކު ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ހަރްކީވްގައި ތިބި ދިވެހިންނާއި ނިޕްރޯގައި ހުރި ދަރިވަރުވެސް އެމަގުން ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ބުންޏެވެ.
އިއްޔެގެ ފަތިހުން ފެށިގެން ރަޝިޔާއިން ޔޫކުރެއިނަށް ހަމަލާތައް ދީ، އެގައުމަށް ވަދެގަނެ ހަނގުރާމަ ފަށާފައިވާ އިރު، ރަޝިއާގެ ސިފައިން މިހާރު މަސައްކަތް ކުރަމުންދަނީ ޔުކްރެއިންގެ ވެރިރަށް ކިއެވްއަށް ވަދެގަތުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު