ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި "ޔެލީ މާޓް"ގެ ނަމުގައި އިތުރު ގްރޮސަރީ މާޓެއް ހުޅުވައިފިއެވެ.

އެ މާޓު ހުޅުވާފައިވަނީ އެޗް-5 ފްލެޓުގެ އެންމެ ތިރީގައިވާ ކޮމާޝަލް ޖާގައިގައެވެ. މިއީ ހިޔާ ފްލެޓް ސަރަހައްދުގައި ހުޅުވި ތިންވަނަ މާޓެވެ.

އެގޮތުން މިހާރުވެސް އެޗް-16ގައި "އޮލިވް ޓްރީ"ގެ ނަމުގައި ގްރޮސަރީ ފިހާރައެއް ހުރިއިރު، އެޗް-12ގެ ތިރީގައި ހޮޓެލް ކެއާ އަންލިމިޓެޑް ޕްރައިވެޓް ލިމިޓެޑްގެ ގްރޮސަރީ ފިހާރައެއް އެބަ ހުއްޓެވެ.

މީގެ އިތުރުން އެޗް-15 ގައި ޝިޔާ ސެލޫންގެ ނަމުގައި ވަނީ ސެލޫނެއްވެސް ހުޅުވައިފައެވެ.

އެޗްޑީސީން މިއަދު ބުނީ އިތުރު މާޓުތަކާއި ސުޕަމާކެޓްތައް ހިޔާ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އޭގެ އިތުރުން އަންނައުނު ފިހާރަތަކާއި ރީތިވާ ސާމާނު ވިއްކާ ފިހާރަތަކާއި ފޮޓޯ ސުޓޫޑިއޯ އާއި ޕްރިންޓުކުރާ ތަންތަނާއި ޖިމަކާއި ސާވިސް ސެންޓަރެއްވެސް ހުޅުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.