ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށި އިރު، ރާއްޖެ ނާދެވި އެ ގައުމުގައި ދިވެހި 20 ދަރިވަރަކު ތާށިވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ކާކީވް ސިޓީގައި ދިރިއުޅުނު ދިވެހިން ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު ފިޔަވައި އެ ސިޓީ ދޫކޮށް ގޮސްފައިވާ ކަމަށެވެ.
އަދި އެ މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެން އެ ފަސް ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ މީހުން ތިބީ ރައްކާތެރި ތަނެއްގައި ކަމަށްވެސް ބުންޏެވެ.
ޔޫކްރެއިންގައި 50 ދިވެހިން ތިބި އިރު، ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، ކާކިވް ސިޓީގައި ތިބީ ޖުމުލަ 35 ދަރިވަރުންނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ރާއްޖެ އައިސްފައިވާ އިރު، ހަތަރު ދަރިވަރުން މިދިޔަ ހުކުރު ދުވަހު ވަނީ ޔޫކްރެއިނުން ފުރައިފައެވެ. އަދި އެ ސިޓީން އިތުރު 25 ދަރިވަރަކު ރޭ ވަނީ ފުރައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކާކިވްގައި ތިބި ފަސް ދަރިވަރުންގެ އިތުރުން ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނީ ފްރެންކިވްސްގައި 14 ދަރިވަރަކު އެބަ ތިބި ކަމަށެވެ. އަދި އެހެން ސިޓީއެއްގައި އިތުރު އެއް ދަރިވަރަކު އެބަ ހުރި ކަމަށާއި އެ އެންމެންވެސް ތިބީ ރައްކާތެރި ތަނެއްގައި ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު