އެކިއެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުރެންދުއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ގިނަ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށެވެ.
"މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް އަޅުގަނޑު ހާއްސަ އިސްކަމެއް ދޭނަން،" ރައީސް ވިދާޅުވިއެވެ.
ކުރެންދޫގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެރަށުގެ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބަނދަރުގެ ބޭރުތޮށި ބޭރަށްޖެއްސެން އޮތް ވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއްކޮށް މިއަހަރުގެ ތެރޭގައި އެ މަސައްކަތް ކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އުދައަރައި ހަލާކުވި ކުރެންދޫގެ ފުޓުބޯޅަ ދަނޑު ކުރިން އޮތް ގޮތަށް އިޔާދަކޮށްދެއްވާނެ ކަމަށާއި އެރަށުގެ ފުޓްބޯޅަ ދަނޑުގެ ސިޑިބަރި އާއި ރޮސްޓްރޮމް އަދި ޗޭންޖީން ރޫމު ހިމެނޭގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު