އއ. އަތޮޅުގެ ރަށެއްގައި ބިދޭސީ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ކ، އއ، އދ، އަދި ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ ބިދޭސީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ހާދިސާ ހިނގީ ކޮން ރަށެއްގައިކަން "ވަން" އަށް އެނގިފައިވީނަމަވެސް މި ކަމުގައި ކުޑަކުއްޖަކު ހިމެނޭތީވެ، ރަށް ހާމަ ނުކުރަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު