ޓެރަރިޒަމަށް ފައިނޭންސް ކުރުުމުގެ ކުށުގައި، ހދ. ނޭކުރެންދޫ ޝާޒިން، މުހައްމަދު މުނާޒްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުކޮށްދެވުނެވެ.
މިއީ ދެ މުއާމަލާތަކެއްގެ މައްޗަށް ބިނާކޮށް، 26 ޖޫން 2019 ގައި ދައުލަތުން މުނާޒްގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރި ދައުވާއެކެވެ.
އެއް މުއާމަލާތަކީ، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ލަޔަނަލް ވިލިއަމްސް ނަމަކަށް ކިޔާ މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަަށް ބަޔާންކުރާ މުއާމަލާތެކެވެ. ދެވަަނަ މުއާމަލާތަކީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ޕާކިސްތާނުގައި ދިރިއުޅޭ އިސްލާމިކު ސްޓޭޓަށް ތާއީދު ކުރާ ކަމަށް ބެލެވޭ މުހައްމަދު އިމްރާން ކިޔާ މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ބުނާ މުއާމަލާތެކެވެ.
އެހެންކަމުން 2015 ވަނަ އަހަރު "އަބޫ މިޝްކާ" ނަމުގައި ހުޅުވާފައިވާ ފޭސްބުކު އެކައުންޓުން ޓެރަރިޒަމަށް ހިތްވަރުދޭ ފަރާތްތަކާ މުނާޒް މުއާމަލާތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ޕީޖީން ކުރީ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާއެވެ.
މި މައްްސަލައިގައި ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް މުނާޒްގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމްގައި ބުނެފައިވަނީ މި ދައުވާއަށް ޕީޖީގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބަލާ އިރު، ޕީޖީގެ އޮފީހުން މުނާޒްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމަށް ފައިނޭންސް ކުރުުމުގެ މި ދައުވާ ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު