ގދ. ތިނަދޫގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކު އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ މިރޭ 21:25 އެހާކަންހާއިރު ކަމަށެވެ. އެ މާރާމާރީގައި ދިވެހި ފިރިހެނަކަށް އަނިޔާވެގެން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ތިނަދޫގައި މާރާމާރީއެއް ހިންގާފައިވާއިރު، މިރޭ ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ވެސް ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފައެވެ. އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު