ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އިންގްލިޝް ޕްރިމިއާ ލީގްގެ މެޗުތައް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް ބަލައިލެވޭ ގޮތް ހަދައިފިއެވެ.
ދިރާގުން އިއްޔެ ބުނީ އެކުންފުނީގެ ކަސްޓަމަރުންނަށް ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުތައް އެޗްޑީ ކޮލިޓީގައި އެންމެ ހެޔޮ އަގުގައި ބަލައިލެވޭނެ ކަމަށެވެ. ނިއޯ ޓީވީ ޗެނަލް ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހުރިހާ ޕެކޭޖްތަކެއްގައި މިހާރު ވަނީ ހިމަނައިފައެވެ.
ދިރާގުޓީވީގެ މެނޭޖަރު ޒިހާރު ޒަރީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދިރާގުން މަސައްކަތްކުރަމުން ދާނީ ކުޅިވަރުގެ އެންމެ މަގުބޫލު ކޮންޓެންޓް ދިރާގު ޓީވީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ނިއޯ ޓިވީގެ ސީނިއާ އެގްޒެކެޓިވް، އިބްރާހިމް އަލީ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް އައިޕީ ޓީވީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިރާގުޓީވީ މެދުވެރިކޮށް އެންމެ ފޯރިގަދަ ޕްރިމިއާ ލީގް މެޗުތައް ލައިވްކޮށް ރާއްޖޭގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނަށް ގެނެސްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރަމުން ދާނީ ދިރާގުޓިވީ މެދުވެރިކޮށް ތަފާތުގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށް ކަމަށެވެ.
އެސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އައިޕީޓީބީގެ ހިދުމަތެވެ. މި ހިދުމަތުގެ ދަށުން ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތަކާއި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތަކާއި، ލައިފްސްޓައިލް ޗެނަލްތައް ވެސް ލިބޭނެ އެވެ. މީގެ ތެރޭގައި ފުޑް ނެޓްވޯކާއި، ސްޓާގެ ޗެނަލްތަކާއި، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް ވެސް ހިމެނެ އެވެ.
މި ހިދުމަތް ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަކަށް ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު