އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު މާދަމާ މެންދުރުފަހުން ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕަށް ކުރިމަތިލާފައިވަނީ 15 މެމްބަރެކެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ކަމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މި ދެ މެމްބަރުންނަކީ ވެސް އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ދެ މެމްބަރުންނެވެ.
އެޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަންދު ހުސެއިން) އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަންދު ހުސެއިން)
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ
- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމު މުއިއްޒު
- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުއްމުޣުނީ
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝީދު (ރާޑޯ)
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
މާދާމާ އެމްޑީޕީގެ ޕީޖީ ލީޑާޝިޕްގެ އިންތިހާބު ބާއްވާއިރު އަންނަ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މެމްބަރަކު އައްޔަންކުރުމުގެ އިންތިހާބު ވެސް އޮންނާނެއެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އަދި ހަމަ އެ ދުވަހު އަންހެނުން ރޫހު ކޮމިޓީގެ ރައީސަކު ހޮވުމާއި ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ އިންތިހާބު އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު